ads
އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު: - ފޮޓޯ/ ރައީސް އޮފީސް
ގިނަ ދާއިރާތަކުން އިންޑިއާ އާއެކު އޮތް ގުޅުން ބަދަހިކޮށް، ކުރިއަށް ގެންދާނަން: ރައީސް
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގިނަ ދާއިރާތަކުން އިތުރަށް ބަދަހިކޮށް ވަރުގަަދަކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
Advertisement

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ އިންޑިޔާގެ ލީޑަރުންނާއި، ސަރުކާރަށާއި، އަހުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް މުއިއްޒު ވަނީ، އިންޑިއާގެ ދިމިގްރާތީ ބަދަހިކަމާއި އިޖުތިމާއީ އަދި އިގުތިސާދީގޮތުން ހޯދާފައިވާ ކުރިއެރުންތަކަކީ، މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަޔާއި، ހަމަޖެހުމާއި، ތަނަވަސްކަން ގާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރުވެސް، އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

ބޮޑުވަޒީރު، މޯދީއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް، ގުޅުން ބަދަހިކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށެވެ.

މި ޕޯސްޓާއި ގުޅިގެން މޯދީ ވެސް ސޯޝަލް މީޑިއާގައި ޝުކުރުގެ ޕޯސްޓެއް ހިއްސާކުރެއްވި އެވެ. އެ ޕޯސްޓުގައި މޯދީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;