އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މިއަދު ކުރިއަށްގެންދާ މި ބްލަޑް ކޭމްޕުގެ މަގްސަދަކީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުން ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން ބަލްޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައި އެވެ.
އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަކީ، މެޑިކަލް ޗެކަޕާއެކު އެޗްޑީސީގެ ހުރިހާ ސްޓާފުންނަށް ލޭ ހަދިޔާކުރެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީން ބުނި އެވެ.
އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕުގެ ތެރެއިން
މިއަދުގެ ހަރަކާތާ ގުޅޭގޮތުން، އެޗްޑީސީ ސީއެސްއާރުގެ އެސިސްޓެންޑް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ، ބްލަޑް ބޭންކުގައި ލޭ މަދުވެފައި ހުރިކަމުގެ މައުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަށް އެޗްޑީސީގެ ވަރަށް ގިނަ ސްޓާފުންގެ އެއްބާރުލުން ލިބެމުންދާ ކަމަށާއި ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން ބްލަޑް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާއިރު، އަމާޒަކީ މިއަހަރުގެ ތެރޭގައި އަދިވެސް މިފަދަ އިތުރު ކޭމްޕެއް ކުރިއަށްގެންދިޔުން ކަމުގަ އެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ސްޓާފުންގެ ބަލްޑް ކޭމްޕެއް ބާއްވާފަ ކަމަށް ފާހަގަ ކުރަމުން އެޗްޑީސީން ބުނީ ކުރިއަށްއޮތްތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމުގައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;