ads
ޓައިގާ ޝާހްރުކް ހާން، އަޖޭ
ދުފާ އެއްޗެހި އިޝްތިހާރު ކުރި މައްސަލައިގައި ޝާހްރުކް ހާން، އަޖޭ އަދި ޓައިގާ އަށް ފިޔަަވަޅު އަޅަނީ
އިންޑިއާގެ މަހާރާޝްޓްރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝާހްރުކް ހާން، އަޖޭ ދޭވްގަން އަދި ޓައިގަރ ޝްރޯފްއަށް ޝޯކޯޒް ނޯޓިސް ފޮނުވައިފި އެވެ.
Advertisement

މި ނޯޓިސް ފޮނުވާފައިވަނީ އިންޑިއާގައި މަނާކޮށްފައިވާ ދުފާ އެއްޗެއް ކަމަށްވާ "ވިމަލް ޕާން މަސާލާ" އިޝްތިހާރު ކުރުމުގައި އެ ތަރިން ބައިވެރިވެފައިވާ މައްސަލައިގަ އެވެ.

އިންޑިއާގެ އެފްޑީއޭއިން ބުނީ "ވިމަލް އިލައިޗީ" ގެ ނަމުގައި ކޮށްފައިވާ މި އިޝްތިހާރަކީ، މަހާރާޝްޓްރާގައި އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފައިވާ ޕާން މަސާލާ އުފެއްދުން ވަގަށް ނުވަތަ އެހެން ނަމެއްގައި އިޝްތިހާރު ކުރުން ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އިޝްތިހާރުގެ ސަބަބުން މަނާކޮށްފައިވާ އުފެއްދުންތަކަށް ސަމާލުކަން ލިބޭތީ، އެ އިޝްތިހާރުގައި އެ ތަރިން އަދާކުރި ދައުރު ސާފުކޮށްދިނުމަށް އެފްޑީއޭއިން ވަނީ އެދިފަ އެވެ.

މި ފިޔަވަޅަކީ މަހާރާޝްޓްރާގައި ދުންފަތާއި ޕާން މަސާލާގެ އުފެއްދުންތައް ވިއްކުމާއި އިޝްތިހާރުކުރުން ހުއްޓުވުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. އެފްޑީއޭއިން ބުނީ ބޮލީވުޑްގެ ބޮޑެތި ތަރިން ބޭނުންކޮށްގެން ކުރާ މިފަދަ އިޝްތިހާރުތަކުގެ މައްސަލަ ބަލަން ފެށި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;