ads
"މާލެ ޓެކްސީ" ގެ ޓެކްސީއެއް މާލޭގެ މަގުމަތީގައި ދުއްވަނީ
ސީޔާސީ ބޭނުމެއްގައި ޓެކްސީ އެޕްގެ މައުލޫމާތު ލީކްކުރީ ތަނުގެ މުވައްޒަފެއް: އެމްޓީސީސީ
އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށް، އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާއަށް ލީކުކޮށްލީ ސިޔާސީ މަގުސަދެއްގައި އެ ކުންފުނީގެ މުވައްޒަފެއްކަމަށް އެމްޓީސީސީން ބުނެފި އެވެ.
Advertisement

ޓެކްސީ ލައިންގެ އެޕްލިކޭޝަނާއި އެކަމާ ގުޅޭ ހިދުމަތްތައް ދިނުމަށް އެމްޓީސީސީން 13 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަން ހަވާލުކުރީ ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެ އެޕްލިކޭޝަން ހެކުކޮށްފައިވާކަން އެނގުނީ ޓެކްސީ ހިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަން ބަދަލުކުރި ހިސާބުންނެވެ.

އޭގެ ފަހުން ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުގެ ތެރޭގައި:

- ހިދުމަތް ބޭނުންކުރި އާންމުންގެ ނަން، ފޯނު ނަންބަރު، ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް

- ކަސްޓަމަރުން ކޮށްފައިހުރި މެސެޖުތައް

- ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފްސީލު

އެޕްގައި ހިމެނޭ ޒާތީ މައުލޫމާތު ލީކްވުމާއި ގުޅިގެން އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓެކްސީ އެފް ބަޔަކު ހެކް ކުރިކަމަށް ބުނެ ދައުރުވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. 

އެގޮތުން އެޕްގެ ބެކް އެންޑު ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަކު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުތައް ސްކްރީން ޝޮޓްނަގާ ލީކް ކޮށްލާފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން އެނގިފައިވާކަމަށެވެ.

" މި މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާއި ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަން ފާހަގަކުރަން ." އެމްޓީސީސީން ނެރުނު ބަޔާނުގައިވެ އެވެ.

އެކުންފުނިން ބުނީ މި ނޭދެވޭ އަމަލު ހިންގަފައިވާ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށެވެ. އަދި ކުންފުނީގެ އުސޫލަތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާއި ދެކޮޅަށް އަޅާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

ޓެކްސީ އެޕުގެ ބެކްގްރައުންޑު ޑޭޓާ ބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓުވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

މީގެއިތުރުން ކުންފުނީގެ ސާވާއާއި މާލެ ޓެކްސީ ލައިންގެ ބެކްގްރައުންޑް ސިސްޓަމް ރޭ 23:30ގައި ރައްކާތެރިކަމާއި އެލި ރީސްޓޯ ކުރެވިފައިވާކަން އެމްޓީސީސީން ބުނެއެވެ. އަދި، ކަސްޓަމަރުންނަށް ޓެކްސީ އެޕުން ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;