ads
ޑރ. އަސްއަދު. - ފޮޓޯ: ހެލްތު މިނިސްޓްރީ
ސާކްގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސަކަށް ރާއްޖޭގެ ޑރ. އަސަދު
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް(ސާކް-އޭއޭ)ގެ ރައީސްކަމަށް ރާއްޖޭގެ އެނެސްތެސިއޮލޮޖިސްޓް އެންޑް ޕެއިން ސްޕެޝަލިސްޓް ޑރ.އަސްއަދު މުހައްމަދު ޝަހީދު އައްޔަންކޮށްފި އެވެ.
Advertisement

ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކުރިއަށް އޮތް ދެ އަހަރަށް އެ ޖަމިއްޔާގެ ރައީސަކަށް އަސްއަދު ހޮވުމަކީ ސަރަހައްދީ އެއްބާރުލުން ހަރުދަނާކޮށް، ހާއްސަ ތަމްރީނާއި އިލްމު ބަދަލުކުރުން ފުޅާކޮށް އަދި ހޭނެއްތުމާއި ކްރިޓިކަލް ކެއާގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރަން ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ.

އޭގެ އިތުރުން ލީޑަޝިޕް ރޯލުން ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އެއްބާރުލުމާއި ރިސާޗް އަދި ކެޕޭސިޓީ ތަރައްގީކުރަން އެހީތެރިވެދިނުމާއި ސާކްގެ މެމްބަރު ގައުމުތަކުގައި ހުރި ތަޖުރިބާ އަދި ވަސީލަތްތަކުގެ ފައިދާ ވެސް ރާއްޖެއަށް ލިބުމުގެ މަގު ތަނަވަސްވާނެ ކަމަށް ބުންޏެވެ.

2024 ވަނަ އަހަރު އައިޖީއެމްޗާ ގުޅިވަޑައިގަތް އަސަދު ޕެއިން ސްޕެޝަލިޓީގެ ދާއިރާއިން ފެލޯޝިޕް ހެއްދެވީ ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓް އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޕެއިން ގުޅިގެން ހުޅުވާލި ސްކޮލަޝިޕެއްގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;