ads
މީރާ
ވިތުހޯލްޑިން ޓެކްސް %10އަށް ބޮޑު ކުރަނީ
ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހަޅައިފި އެވެ.
Advertisement

ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ.

އާމްދަނީން ޓެކްސް ނެގުުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އެ ބިލުގެ ތައާރަފް ގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުން ކަމަށެވެ.

މި ބަދަލު ގެނައުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބިލުގައި އަންދާޒާކޮށްފައި ވެ އެވެ.


ވިތުހޯލްޑިން ޓެކްސްގެ ބައެއް ބޮޑު ކުރުމަށް ސަރުކާރުން މިއަދު ހުށަހެޅިއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ޖީއެސްޓީ ނަގަން ފެށުމަށް ވެސް އިއްޔެ އިސްލާހެއް ހުށަހަޅާފައިވެ އެވެ. މި ބަދަލާ އެކު، އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;