ads
އެމެރިކާ ނޭވީގެ އުޅަދެއް
އެމެރިކާ ސިފައިން މަރައި އަދި ހައްޔަރުކުރާ މީހުންނަށް އިނާމު ބަހަނީ!
އެމެރިކާގެ ސިފައިން މަރާލާ ނުވަތަ އަތުލައިގަންނަ ކޮންމެ މީހަކަށް 30،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރު އަމީރު ހާތަމީ އިއުލާނުކުރައްވައިފި އެވެ.
Advertisement

ހާތަމީ މިކަން އިއުލާން ކުރެއްވީ އެމެރިކާ ސިފައިން ގަލްފުގައިވާ އީރާނުގެ ބައެއް ޖަޒީރާތަކަށް ވައިގެ މަގުން ފޭބުމަށް ނުވަތަ ކަނޑުގެ މަގުން އެރުމަށް އެމެރިކާ ރާވައިފާނެކަމުގެ އަޑުތަކެއް އަރާފައިވާ ވަގުތެއްގަ އެވެ.

"އިރާނަށް ހަމަލާދޭ އެމެރިކާގެ އަސްކަރީ މީހަކު މަރާލައި ނުވަތަ ހައްޔަރުކޮށްގެން ހަވާލުކުރާ ކޮންމެ މީހަކަށް 30000 ޑޮލަރު ނުވަތަ 5 ބިލިއަން ތޯމަންއާ އެއްވަރުގެ އިނާމެއް އިރާންގެ އަސްކަރިއްޔާއިން ލިބޭނެ،" ހާތަމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އީރާނުގެ ކެރޭ، ހިތްވަރުގަދަ އަންހެނަކު" މިފަދަ އަމަލެއް ހިންގައިފި ނަމަ އިނާމު ދެ ގުނަކޮށް ލިބޭނެ ކަމަށެވެ. 

އީރާން އާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމައިގެ އެއްވެސް މަގްސަދެއް މިހާތަނަށް ހާސިލް ވެފައިނުވާއިރު އީރާންވަނީ އެގައުމުގެ ދިފާއުގައި ހުރުމުޒުކަނޑުއޮޅި ބަންދުކޮށްފަ އެވެ.  

އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކަކަށްފަހު އެވެ. 

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ކުރީގެ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ. އާ ސުޕްރީމް ލީޑަރަކީ ހާމަނާއީގެ ދަރިކަލެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;