ads
ރައްޔިތުންގެ މަޖިލިސް
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް ބޮޑުކުރާ އިސްލާހު މަޖީލީހަށް ބަލައިގަނެފި
ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ސަރުކާރުން ހުށައެޅި ބިލު މަޖިލިހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ.
Advertisement

އާމްދަނީން ޓެކްސް ނެގުުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އެވެ. 

މި ބިލަށް ބަހުސްކުރުމަށްފަހު ބިލް ބަލައިގަންނަން ނެގި ވޯޓުގައި 65 މެމްބަރު ބައިވެރިވެޑއިގެންނެވިއިރު 64 މެމްބަރުން ވަނީ ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓް ދެއްވާފަ އެވެ. ބިލް ބަލައި ގަންނަން ނުފެންނަކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރަކެވެ. ބިލް ބަލައިގަތުމަށް ފާސްވުމުން ބިލް ވަނީ ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމެޓިއަށް ފޮނުވާފައެވެ. 

ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ. 

މަޖިލިހަށް އަލަށް ހުށައެޅި ބިލުގެ ބޭނުމަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުން ކަމަށް ސަރުކާރުން ބުނެ އެވެ.

މި ބަދަލު ގެނައުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބިލުގައި އަންދާޒާކޮށްފައި ވެ އެވެ.


ވިތުހޯލްޑިން ޓެކްސްގެ ބައެއް ބޮޑު ކުރުމަށް ސަރުކާރުން މިއަދު ހުށަހެޅިއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ޖީއެސްޓީ ނަގަން ފެށުމަށް ވެސް އިއްޔެ އިސްލާހެއް ހުށަހަޅާފައިވެ އެވެ. މި ބަދަލާ އެކު، އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;