މަޖިލީހުން މިގޮތަށް ފާސްކުރީ ސަރުކާރުގެ ފަރާތުން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ބިލު ފާސްކުރަން ފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ. މިއަދުގެ ޖަލްްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓު ދެއްވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ބިލު ހުށަހެޅުއްވުމުގެ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރުމުގެ ގޮތުން ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކޮށް،ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއެކު ގައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވާނަންސް އަދި މޮނިޓަރިން ނިޒާމު ހަރުދަނާކުރުމެވެ.
މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމަށް މުހިންމު ބިލެއްކަން ފާހަގަކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;