ads
މޯލްޑިވްސް ޕްރިމިއަ ބޭންކް ގަވަރުނަރު ހުޅުއްވައި ދެއްވަނީ -- ފޮޓޯ ޕީއެސްއެމް
މޯލްޑިވްސް ޕްރިމިއާ ބޭންކްގެ ފުރަތަމަ ބްރާންޗް ގަވަރުނަރު ހުޅުއްވައިފި
މޯލްޑިވްސް ޕްރިމިއަ ބޭންކް، އެމްޕީބީގެ ފުރަތަމަ ބްރާންޗް ހުޅުވައިފި އެވެ.
Advertisement

އެމްޕީބީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރުގެ އިތުރުން އެމްއެމްއޭގެ މެނޭޖުމަންޓުގެ ބޭފުޅުންގެ އިތުރުން އެމްޕީބީގެ ގެ ބޯޑު ޗެއާޕާސަންގެ މަގާމުގައި ހުންނެވީ އައިޝާ ނުރައިން ޖަނާހް އާއި އެ ބޭންކުގެ ޑިރެކްޓަރުން ބޯޑުގެ ބޭފުޅުން ބައިވެރިވި އެވެ.  

އެމްޕީބީއަކީ ރާއްޖޭގެ ނުވަ ވަނަ ކޮމާޝަލް ބޭންކެވެ. މިއަދު ހުޅުވި އެމްޕީބީގެ އޮފީސް ހުންނަނީ ބޮޑުތަކުރުފާނު މަގު ހ. ސަންލީތުގައެވެ.

އެމްޕީބީގެ ގެ ބޯޑު ޗެއާޕާސަންގެ ނުރައިން ވިދާޅުވީ ބޭންކްގެ ލައިސަންސްގެ ޕްރީ-އެޕްރޫވަލް މަރުހަލާގައި ވޭތުވެދިޔަ އެއް އަހަރު ދުވަހު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.

އަޅުގަނޑުމެންގެ ތަސައްވުރަކީ ހަމައެކަނި އަމިއްލަ މިނިވަން މާލީ އިދާރާއެއްގެ ގޮތުގައި ނުވަތަ 'ޓިއަރ ވަން' ލައިސަންސް އޮތް ބޭންކެއްގެ ގޮތުގައި އޮތުމެއް ނޫން. އެކަމާ މެދު އަޅުގަނޑުމެން ފަޚުރުވެރިވާ ހާލު، އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ މާލީ ދާއިރާގެ މުހިންމު ބައިވެރިއެއް،" ނޫރެއިން ވިދާޅުވި އެވެ.

އެމްޕީބީ ބޭންކުގެ މެނޭޖްމަންޓް ޓީމަކީ ބޭންކިންގް ޓެކްނޮލޮޖީ، އޮޕަރޭޝަންސް، ރިސްކް، އަދި ހިއުމަން ރިސޯސަސްގެ ދާއިރާތަކުން އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕުގެ އިތުރުން ޕެސިފިކް އަދި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 14 ގައުމެއްގައި މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯދާފައިވާ ޓީމެކެވެ. 

އަދި ރެގިއުލޭޓްކުރެވޭ މާލީ އިދާރާތަކުގެ އިސް ލީޑަޝިޕް މަގާމުތައް ފުރާއްވަވާފައިވާ މި ޓީމަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން، ގަވަރނަންސް، އޮޕަރޭޝަނަލް އެކްސެލެންސް، އަދި ދެމެހެއްޓެނިވި ކުރިއެރުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ހަޔާތްތެރިކަން ލިބިފައިވާ ބޭފުޅުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;