މި އަޑުތައް ފެތުރެން ފެށީ ހާއްސަ ޑޭޓިން އެޕެއް ކަމަށްވާ "ރާޔާ" ގައި ރިތިކްގެ އެކައުންޓެއް އުޅޭ ކަމަށް ބުނެ އާންމުވި ސްކްރީންޝޮޓަކާ ގުޅިގެންނެވެ. އެ ޕްރޮފައިލްގައި ރިތިކްއަކީ އެކްޓަރެއް، ޕްރޮޑިއުސަރެއް އަދި އެންޓްރަޕްރެނާއެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.
ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ސްކްރީންޝޮޓުގެ ސައްހަކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. އަދި ރިތިކް ނުވަތަ ސަބާވެސް އެމީހުންގެ ގުޅުން ނިމުމަކަށް އައިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ސޯޝަލް މީޑިއާގެ ބައެއް ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ މީގެ ކުރިން ރިތިކް ބޭނުންކުރި ބާ ޕްރޮފައިލަކަށް ވުންވެސް އެކަށީގެންވެ އެވެ.
ރިތިކް އާއި ސަބާގެ ގުޅުން އާންމުންނަށް ހާމަކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެ ދެތަރިން އަންނަނީ ތަފާތު ހަފުލާތަކުންނާއި ސޯޝަލް މީޑިއާއިން އެކުގައި ގިނައިން ފެންނަމުންނެވެ. އެހެންކަމުން، މި ދެތަރިންގެ ތެރެއިން މީހަކު ވަކި އެއްޗެއް ބުނަންދެން، މިދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް އަޑުތަކަކަށްވުން ވެސް އެކަށީގެންވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;