ads
އައިޝާ ގިލާމަނާ
ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް ތަރި އައިޝާ ގިލާމަނާ ބަޑިޖަހައި މަރާލައިފި
ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް ތަރި ޝަމްސޯ ބީބީ، ނުވަތަ އާންމު ނަމުން ނަމަ އައިޝާ ގިލާމަނާ، އިސްލާމާއާބާދު ކައިރިން ބަޑިޖަހައި މަރާލައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އައިޝާ މަރާލާފައިވަނީ އޭނާ ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއެއްގަ އެވެ.

ހޯމަ ދުވަހު ހިނގި މި ހާދިސާގައި ނުދަންނަ ބަޔަކު ވަނީ އައިޝާ ދަތުރުކުރި އުޅަނދަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. ބަޑީގެ ހަމަލާތައް އަމާޒުވުމުގެ ސަބަބުން ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ ވަނީ މަރުވެފަ އެވެ. މިއީ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން އިސްލާމާއާބާދުގެ ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. ފުލުހުންގެ ފުރަތަމަ ތަހުގީގުތަކުން އެނގޭ ގޮތުގައި މިއީ ފައިސާގެ މައްސަލައެއްގައި ދީފައިވާ ހަމަލާއަކަށްވުން އެކަށީގެންވެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދުން ބޭނުންވާ ހެކި އެއްކުރުމުގެ މަސައްކަތް ތަހުގީގު ޓީމުން ދަނީ ކުރަމުންނެވެ.

ހަމަލާދިނުމަށްފަހު ފިލައިގެން ގޮސްފައިވާ މީހުން ހޯދުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، މަންޒަރު ދުށް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ފުލުހުން ބުންޏެވެ.

އައިޝާ ގިލާމަނާއަކީ ސޯޝަލް މީޑިއާގައި، ހާއްސަކޮށް ޓިކްޓޮކްގައި ގިނަ އަދަދެއްގެ ފޮލޯވަރުން ތިބި ތަރިއެކެވެ. އޭނާ މަރާލި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި މި ހަމަލާދިން މީހުންނަށް ވަހަށް އަދަބެއް ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;