ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރިޔާޒް މާލެ ވަޑައިގަތީ ހުއްދަ ހޯދައިގެން، އެކަމުގައި މައްސަލައެއް ނެތް: ސުލޫކް ކޮމިޓީ
މާލެ ލޮކްޑައުން ކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގެންފައިވަނީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯދައިގެން ކަމަށާއި، އެކަމުގައި މައްސަލައެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުލޫކީ ކޮމިޓީން ނިންމައިފި އެވެ.

މާލެ ލޮކްޑައުން ކޮށްފައިވަނިކޮށް ރިޔާޒް މާލެ ވަޑައިިގެންނެވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެގޮތުން މޫސާ ސިރާޖް އެދިވަޑައިގެންފައިވަނީ، ރިޔާޒް މާލެ އަންނަން ހުއްދަ ދީފައިވޭތޯ އާއި، ދީފައި ވާނަމަ އެއީ ކޮން ސަބަބެއްގައިތޯ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާޒް މާލެ ވަޑައިގަތީ ހުއްދަ ހޯދައިގެންކަން ފުލުހުންގެ ލިޔެކިޔުންތަކުން އެނގޭކަމަށެވެ. އެހެން ކަމުން ރިޔާޒް މާލެ ވަޑައިގަތީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުން ނޫންކަން އިނގޭކަމަށް ވިދާޅުވި އެވެ. 

އެހެން ކަމުން ރިޔާޒް މާލެ ވަޑައިގެން މައްސަލައިގައި ސުލޫކީ މައްސަލައެއް ނެތްކަމަށް ނިންމުމަށް ނާޒިމް ހުށަހެޅުއްވި އެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ކޮމިޓީގެ މެމްބަރުން ތާއީދުކުރައްވައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ އެކަމުގައި ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތްކަމަށް ނިންމާފައެވެ. 

ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު ރިޔާޒް މާލެ ވަޑައިގެންފައިވަނި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް