ads
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް - ފައިލް ފޮޓޯ: މަޖިލިސް
މަޖިލީހުގެ މި ދައުރު މިމަހުގެ 27އަށް ދަންމާލައިފި
މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 27ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ.
Advertisement

މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. މަޖިލީހުގެ ދައުރު 27 އޮގަސްޓުގެ ނިޔަލަށް އިތުރުކުރުމާމެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ހުޅުވާލި ފުރުސަތުގައި، ދައުރު ދަންމައިލުމަށް ފެންނަކަމަށް 58 މެންބަރަކު ވޯޓު ދެއްވި އެވެ. 

އަދި ދައުރު އިތުރުކުރުމާ ދެކޮޅަށް 9 މެންބަރަކު ވޯޓު ދެއްވި އިރު، މި ވޯޓުގައި ޖުމުލަ 67 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކުރަން ހުށަހެޅުއްވީ މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމުންނާއި ބައެއް މަސައްކަތްތައް ކޮމިޓީ މަރުހަލާގައި ކުރިއަށްދާތީ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;