ads
މޯލްޑިވްސް ޕްރެމިއާ ބޭންކު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު މުނައްވަރު ވާހަކަ ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ %80 ދިވެހިނަށް ހާއްސަކުރަނީ
ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި، "މޯލްޑިވްސް ޕްރެމިއާ ބޭންކު" ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޭންކިން ދާއިރާގެ މެނޭޖްމަންޓް ލެވެލްގެ ގާތްގަނޑަކަށް 40 ޕަސެންޓު މަގާމުތަކުގައި ތިބީ ބޭރު މީހުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތަސައްވުރަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މި ނިސްބަތް 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ ދަށަށް ތިރިކޮށް، މެނޭޖްމަންޓް މަގާމުތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ދިވެހިން ކަމުގައި ހެދުން،" އޭނާ ވިދާޅުވި އެވެ.

މިކަން ހާސިލުކުރުމަށް ޒުވާހުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ. މި ފަންޑަކީ އެމްއެމްއޭ އަދި ބޭންކިން ދާއިރާ ގުޅިގެން، މާލީ ނިޒާމަށް ކުރިމަގުގައި ބޭނުންވާނެ ހުނަރާއި ތަޖުރިބާ ތަރައްގީކުރުމަށް އިތުރަށް އިންވެސްޓްކުރުމަށް އުފައްދާ ފަންޑެއްކަން އޭނާ ފާހަގަކުރެއްވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;