ads
20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ސައުދީން އިސްވެ އުފައްދާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން މަޖިލިހުން ރުހުންދީފި
ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ރައްޔިތުން މަޖިލިހުން ރުހުން ދީފި އެވެ.
Advertisement

ސައުދީން އިސްވެ އޮވެ އިތުރު 13 ގައުމަކުން ގުޅިގެން ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ރައްކާތެރިކަން ބަލަހައްޓަން އއިއްތިާދެއް ގާއިމުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. މި އިއްތުހާދުން ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ފޯރުކޮށް ދޭން ވަނީ ނިންމާފަ އެވެ. 

 "ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖޭން ބައިވެރިވާން ނިންމާ އެކަމުގައި ބައިވެރިވުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުން މަޖލިހަށް ފޮނުއްވީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވެ، އެ މުއާހަދާގައި ސޮއިކުރަން ފެންނަކަމަށް މަޖިލީހުން ރުހުން ދިނީ  58 މެމްބަރުންގެ ވޯޓުންނެވެ. އިއްތިހާދުގައި ބައިވެރިވާން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއިރު، ހ މެމްބަރަކު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;