ads
ކުރިން އަތުލި މަސްތުވާތަކެތި - ފައިލް ފޮޓޯ
3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
Advertisement

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި މި ތަކެތި އަތުލައިގަތީ މިމަހު 15 ވަނަ ދުވަހު އެވެ. އަތުލައިގެންފައިވަނީ 3207 ގުރާމްގެ ކެނަބިސް އެވެ.

މިމައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް އެއްވެސް އިދާރާއަކުން އަދި ބުނެފައެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;