ads
ވެމްކޯގެ އިދާރީ ހިދުމަތްތައް ހޯދުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މިހާރު ވަނީ ތަޢާރަފުކޮށްފައި - ފޮޓޯ: ވެމްކޯ
ވެމްކޯގެ އިދާރީ ހިދުމަތްތައް ހޯދުމަށް މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި
ވެމްކޯގެ އިދާރީ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި އެވެ.
Advertisement

އަލަށް ތަޢާރަފުކުރި މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް ވެމްކޯއިން ބުންޏެވެ. އެޕް ބޭނުން ކުރެވޭނީ، އީފާސް މެދުވެރިކޮށް ރަޖިސްޓްރީވެގެންނެވެ.

ވެމްކޯއިން ބުނީ، މޯބައިލް އެޕްލިކޭޝަނާއެކު ވެމްކޯއިން ހޯދާ އެންމެހާ އިދާރީ ހިދުމަތްތައް މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދޭނެ ކަމަށެވެ.

އެގޮތުން ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި އުކާލުމަށް ރިކުއެސްޓް ކުރުމުގެ ކަންކަންވެސް އެޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އެވެ. އަދި ޚިދުމަތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ، އެކަމަށް އެދި އެޕްލިކޭޝަންގެ ޒަރިއްޔާއިން ހުށައެޅޭނެ އެވެ.

މީގެއިތުރުން، ވެމްކޯގެ ހިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، ވެމްކޯގެ އެޖެންޓުންނާ ޗެޓްވެސް ކުރެވޭނެ އެވެ. އެގޮތުން ރަޖިސްޓްރީ ކުރާ މައްސަލަތަކާއި، މައްސަލަތައް ގޮސްފައިވާ ހިސާބުތައް އަދި ކޮށްފައިވާ މުޢާމަލާތްތައްވެސް އެޕްގާ ފެންނަން ހުންނާނެ އެވެ

ވެމްކޯއަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމަށް ސަރުކާރުން އުފައްދާފައިވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;