ads
ހިމަ ބިހީގައި ނަގާ ބިހިތައް: ---
ހިމަބިހި ފެތުރޭ މިންވަރު ދަށް ވެއްޖެ!
ހިމަބިއްސަށް ޕޮޒިޓިވްވާ މިންވަރު ހަފްތާއިން ހަފްތާއަށް ދައްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 226 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވެއެވެ.
Advertisement

އެޗްޕީއޭއިން މިއަދު ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 10 ކޭހެއް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އެ ބަލީގެ 226 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެ އެވެ. 

ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުންގެ ތެރެއަށް ނުގޮސް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ހިމަބިހީގެ އަލާމަތްތައް:

- ހުން އައުން.

- ހަމުގައި ރަތް ބިހިތަކެއް ނެގުން.

- ކެއްސުން.

- ނޭފަތުން އަރިދަފުސް ފޭބުން.

- ލޯ ރަތްވުން.

މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ. 

ހިމަ ބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;