މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ދައުވާ ދަށު ކޯޓުން ސާބިތުނުވުމުން، ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ 2024 ވަނަ އަހަރު އެވެ.
ދިފާއުން އަތްލެވުނު ނަމަވެސް ޖިންސީ ނިޔަތެއް އޮތްކަން ސާބިތުނުވާކަމަށް ބުނެފައިވާއިރު، ދައުލަތުން ވަނީ ދަރިވަރުންގެ ބަޔާންތަކާއި، މެޑިކަލް ރިޕޯޓްތަކުގެ އިތުރުން ތަހުގީގު ރިޕޯޓްތައް ހުށަހަޅާފަ އެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ (ފަނޑިޔާރު ހުސެއިން މަޒީރު، ހަސަން ޝަފީއު އަދި ފާތިމަތު ފަރުހީޒާ) އިއްތިފާގުން ވަނީ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;