ހައިކޯޓުން މި މައްސަލަ ނިންމިތާ ދެ އަހަރު ވެފައިވަނިކޮށް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިކަން އެ ކޯޓުގެ ރަޖިސްޓްރީން ދައްކަނީ މިދިޔަ ހަފްތާގައެވެ. އާންމުކޮށް މައްސަލަ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭއިރު، މައްސަލަ ހުށަހެޅުން ދެ އަހަރު ލަސްވި ސަބަބެއް އެނގިފައެއް ނުވެއެވެ.
2017 ވަނަ އަހަރު ޑިއުޓީގައި ހުއްޓައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން 2018 ގައި އޭނާ ވަޒީފާއިން ވަކިކުރުމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށްވާތީ ވަޒީފާ އިޢާދަކޮށްދޭން ނުޖެހޭ ކަމަށް ނިންމިއެވެ. ނަމަވެސް ވަކިކުރިކަން އަންގާ ލިޔުން ޙަވާލުކުރިކަން ސާބިތުނުވާތީ (އިޖުރާއީ އައިބެއް އޮތުމުން) ބަދަލުގެ ގޮތުގައި 6 މަސްދުވަހުގެ މުސާރައާއި ޢިނާޔަތް (126,934.80 ރުފިޔާ) ދިނުމަށް އަމުރުކުރިއެވެ.
ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ، ވަޒީފާއިން ވަކިކުރި ސަބަބު ރަނގަޅުވެފައި ހަމައެކަނި އިޖުރާއީ އައިބެއް އުޅޭނަމަ ދޭންޖެހޭނީ ރަމްޒީ ނުވަތަ ކުޑަ ބަދަލެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ނިންމުން ބާޠިލުކޮށް، ބަދަލުގެ މިންވަރު 1 މަސްދުވަހުގެ މުސާރައަށް ކުޑަކުރިއެވެ.
ސިވިލް ކޯޓުން ނަގައިދިން 6 މަސްދުވަހުގެ މުސާރައިގެ ބަދަލު ހައިކޯޓުން 1 މަސްދުވަހުގެ މުސާރައަށް ކުޑަކުރުމުން، އޭނާގެ ފަރާތުން މިހާރު މިވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;