ads
ޅ. ހިންނަވަރު
ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000ރ. ނަގަނީ
ޅ.ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000ރ. ފީއެއް ނަގަން އެރަށު ކައުންސިލުން ނިންމާ އެކަން އިއުލާން ކޮށްފި އެވެ.
Advertisement

ހިންވަރު ކައުންސިލުން ބުނީ އެ ރަށު ރަށްވެހިން ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީއާއި ހިންނަވަރުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ރަށްވެހިކަން ބަދަލުކުރުމަށް ފީ އެއް ނަގަން ނިންމާފައިވާކަމަށެ ވެ. 

އެގޮތުން ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާ އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އީދާރީ ފީއެއްގެ ގޮތުގައި 2000ރ ނެގުމަށް ކައުންސިލުން ނިންމާފައިވާކަމަށެ ވެ. އަދި މި ފީ ނަގަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންކަމަށްވެސް ހިންނަވަރު ކައުންސިލުން ވަނީ ބުނެފަ އެވެ.

ޅ. އަތޮޅުގައި މީހުން ގިނަ ކުޑަ ރަށެއްގެ ގޮތުގައި އޮންނަ ހިންވަރުގެ އާބާދީ އަކީ 2000 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;