ads
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޑޮލަރުގެ އަގުބޮޑުވާ ހަބަރު ޖަހާފިނަމަ ޖޫރިމަނާ ކުރަން ނިންމަނީ
ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ނޫސްތަކުގައި ޖަހާފިނަމަ ޖޫރިމަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
Advertisement

ޑޮލަރުގެ އަގު އުފުލި ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ ރޭޓް ހުރީ 22.50 ގައެވެ. ދާދީ ފަހުން ދައުލަތުގެ މީޑިއާއިން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދަނީ ނޫސްތަކުގައި ޖަހާ ސުރުހީތަކުން ކަމަށެ ވެ. 

ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހަރުކަށިކޮށް ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ވަނީ މަޖިލިހަށް ހުށައަޅާފަ އެވެ. އެ ބިލް ކޮމެޓީގައި ދިރާސާކުރުމަށް ފަހު ތަޅުމަށް ފޮނުވުމުން އިއްޔެ ޖަލްސާގައި ވަނީ އެ ބިލް އަލުން ކޮމެޓީއަށް ފޮނުވާލާފަ އެވެ. ސަރުކާރަށް ތާއިދުކުރާ މެމްބަރުނ އެ ބިލް އަލުން ކޮމެޓީއަށް ފޮނުވާލީ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ކަމަށް ބުނެ އެވެ.

އެ ބިލް ދިރާސާ ކުރާ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ނޫސްތަކުގައި ޖަހާފިނަމަ ޖޫރިމަނާކުރުމަށް ގާނޫނުގައި ހިމެނުމަށް ފާސްކޮށްފަ އެވެ. ސަރުކާރަށް ތާއިދުކުރާ މެމްބަރުންގެ ވޯޓާއި އެކު އެގޮތަށް ނިންމިއޮރު ކޮމެޓީގައި ހިމެނޭ އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާއި ދެކޮޅަށް ވޯޓް ދީފަ އެވެ. 

ސަރުކާރަސް ތާއިދުކުރާ މެމްބަރުން ވަނީ ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އެ ވާހަކަ ދެއްކުމަކީ ކުށެއްކަމަށް ގާނޫނުގައި ހިމަނަން ކަނޑައަޅާފަ އެވެ. 

އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުން ވިއްކުން އިސްތިހާރުކުރާކަމަށް ބުނެފައިވަނީ އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިޝްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް ފޯރުކޮށްދިނުން ކަމަށެ ވެ.

އެގޮތުން އެވާހަކަތައް ގެނެސްދީފިނަމަ އަދަބެއްގެ ގޮތުން 25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ގާނޫނުގައި ހިމަނަން މާލިއްޔަތު ކޮމެޓީގައި ތިއްބެވި ވެރިކަންކުރާ ޕީއެންސީގެ މެމްބަރުން ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން، ކަޅުބާޒާރުގެ  ޑޮލަރު ވިއްކާ އަގުތައް ގެނެސްދިނީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، އެބަޔަކު ކުރާ ޖޫރިމަނާގެ އަދަދު ވަނީ ބޮޑުތަނުން ބޮޑުކޮށްފަ އެވެ. އެގޮތުން އެ ބަޔަކު 100،000ރ. އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ގާނޫނުގައި ހިމަނަން ވަނީ ނިންމާފަ އެވެ. 

މީގެއިތުރުން އެމްއެމްއޭއިން ކަނޑައަޅާ އަގަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާނަމަ އެ ބަޔަކުވެސް ޖޫރިމަނާ ކުރަން ގާނޫނުގައި ހިމަނަން ވަނީ ނިންމާފަ އެވެ. އެގޮތުން އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލާ، 25،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ގާނޫނުގައި ހިމަނަން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;