ads
އިންޑިޔާގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން
އިންޑިޔާގެ ޓްރާންސްފާ ވިންޑޯ ފަސްކޮށްފި
ކޮރޯނާއާއި ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މެދު ކަނޑާލާފައިވާތީ، މިޑްސީޒަން ޓްރާންސްފާ ވިންޑޯ ފަސްކުރަން އަވަށްޓެރި އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.
Advertisement

އޯލްއިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުގެ އެކްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ކުރިއަށް އޮތް ޓްރާންސްފާ ވިންޑޯ ފަސްކުރާކުރާށެވެ. އެހެންނަމަވެސް ފަސް ކުރާ ތަރީހުތަކެއް އަދި އިއުލާނެއް ނުކުރެއެވެ. 

މިހާރު އޮތް ގޮތުން ޓްރާންސްފާ ވިންޑޯ ހުޅުވޭނީ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި ޓްރާންސްފާ ވިންޑޯގެ ފަހު ދުވަހަކީ އޮގަސްޓް މަހުގެ އެއްތިރީސްވަނަ ދުވަހެވެ. 

އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވަނީ އައިލީގު އަދި އިންޑިއަން ސުޕާ ލީގުގެ ކުރިއަށް އޮތް ސީޒަންގެ މެޗުތަކުގެ ޝެޑިއުލް ތައްޔާރުވުމުން، ޝެޑިއުލްއާއި އެކު އައު ޓްރާންސްފާ ވިންޑޯގެ ތާރީހުތައްވެސް އިއުލާން ކުރާށެވެ.

އައިލީގުގެ ކުޅުން، ކޮވިޑާއި ގުޅިގެންވަނީ މި އަހަރު ވަކި ހިސާބަކުން ކެންސަލް ކޮށްފައެވެ. ކެންސަލް ކުރިއިރު ލީގުގެ އެއްވަނައިގަ އޮތް މޯހަން ބަގާންއަށްވަނީ ޗެމްޕިއަންކަން ދީފައެވެ. ލީގު ކެންސަލް ނުކުރި ނަމަވެސް ޗެމްޕިއަންކަމުގެ މަގާމު މޯހަން ބަގާންއިންވަނީ ކަށަވަރުވެސް ކޮށްފައެވެ. މިއާއި އެކު މޯހަން ބަގާންވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް