ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ދޭ "އިންޖިނިއަރސް އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

Advertisement
އިންޖިނިއަރސް އެވޯޑު އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އޮގަސްޓު މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މި މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.
އެއީ:
- އިންޖިނިއަ އޮފް ދަ އިޔާ
- ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
- ޔަންގް އިންޖިނިއަރ އެވޯޑް
- ވިމެން އިން އިންޖިނިއަރިންގ އެވޯޑް
- އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް
- ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
- އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
- ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް
ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ 'އިންޖިނިއަސް އެވޯޑު ދިނުމާ ގުޅޭ އުސޫލު' ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅޭނެ އެވެ.
އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިގުރާރު ލިންކުން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.