މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ރާއްޖޭގައި ކަނޑައެޅި މިދިޔަ އޭޕްރިލްމަހު އެވެ. އޭރު ނިސާބުގެ ގޮތުގައި ކަނޑައެޅީ 21،836.50 ރުފިޔާ އެވެ. އޭގެ ކުރިން ހުރީ 11،191.95 ރުފިޔާ ގަ އެވެ.
ޒަކާތު ހައުސްއިން ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ނިސާބު ދަށްކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ 19،266.10 ރުފިޔާ ކަމަށެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެ އެވެ.
އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް ޒަކާތް ދައްކަން ޖެހެއެވެ. ޒަކާތް ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;