ads
އާރުވެރި މެޗިންގް ގްރާންޓް ސްކީމް ރަސްމީކޮށް އިފްތިތާހުކުރުމުގެ ތެރެއިން މިނިސްޓަރު ޝިޔާމް
މަސްވެރި މަސައްކަތްތަކަށް 40 އިންސައްތަ ހިލޭ އެހީދޭ ސްކީމެއް ހުޅުވާލައިފި
މަސްވެރި މަސައްކަތްތަކަށް 40 އިންސައްތަ ހިލޭ އެހީދޭ ސްކީމެއް ހުޅުވާލައިފި އެވެ.
Advertisement

ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ވާލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯ ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދީފައިވާކަަށާއި، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. 

މި ސްކީމްގެ މައިގަނޑު މަގުސަދުތައް

  • މަސްވެރި ސިނާއަތުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުން
  • ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުން
  • ނަފާވެރި ސިނާއާތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީކުރުން
  • އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުން
  • އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން

މި ގްރާންޓް ސްކީމާ ގުޅޭ އެންމެހައި މައުލޫމާތުތަކާއި، ސްކީމްގެ ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ހާއްސަ  ޕޯޓަލެއް ފިޝަރީޒް މިނިސްޓްރީން ވަނީ ތައާރަފުކޮށްފަ އެވެ.

މި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާއި އެކު ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ނުވަތަ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް މިނިސްޓްރީން ބުނެ އެވެ. 

ޓްރާންސްފޯމް ޕްރޮޖެކްޓްގެ މަޤުސަދަކީ ހެކިތަކަށް ބިނާކޮށް، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކޮށް ވަރުގަދަ ކުރުންކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. 2023 ވަނަ އަހަރު ފަށާފައިވާ، 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ނިމެން ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;