މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ނާފިއުގެ އިތުރުން ދެން ގެއްލިފައިވަނީީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އެވެ.
ފުލުހުން ބުނީ މިނިސްޓަރު އިހްސާނާއި ސީޕީ ނާފިއުގެ އާއިލާ އާ ބައްދަލުކުރީ އޭނާގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް ގޮސްކަމަށެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އާއިލާއަށް މެސެޖެއް ރައްދުކޮށްފައިކަމަށް ފުލުހުން ބުނެ އެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހްއްމަދު ވަނީ، ސާޖަންޓް އަލީ ނާފިއު ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކޮށްފައިކަމަށް ފުލުހުން ބުނެ އެވެ. އަދި ނާފިއުގެ ހިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ. މީގެއިތުރުން، އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުއާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިކަމަށްވެސް ފުލުހުން ބުނެ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައއްކަވަމުން މިނިސްޓަރު އިހްސާން ވަނީ ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބަލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;