ads
2024 ވަނަ އަހަރު ބޭއްވި ސިޑްސް ކޮންފަރެންސްގެ ރިޔާސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބަލަހައްޓަވައިދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ސިޑްސްގެ ވިޔަފާރިއާބެހޭ ފޯރަމްތަކެއް މިއަހަރު މާލޭގައި
ކުދި ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ މި އަހަރުގެ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް މި މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
Advertisement

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"އެވެ. މި ފޯރަމްތައް ކުރިއަށްދާނީ މިމަހުގެ 23 އިން 25 އަށް ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގަ އެވެ.

ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވާ އެ ކޮންފަރެންސްގައި ރާއްޖެއިން ތަފާތު ޕެނަލްތަކުގައި ބައިވެރިވުމުގެ އިތުރުން، ހައި-ލެވަލް ސައިޑް އިވެންޓުތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. އަދި އެ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާއެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިވި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރު ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިންވަނަ ބައިނަލްއަގުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ދެ އަހަރުން އެއް އަހަރުން ބާއްވަމުން އަންނަ ފޯރަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;