އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެ ކުންފުނިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނާއި ކުންފުންޏާއި ދެމެދު މުއާމަލާތް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމާ ކެއާގެ އާ ހޮޓްލައިން ނަންބަރުގެ ގޮތުގައި 1575 ތައާރަފް ކޮށްފައިވާކަމަށެވެ. މިބަދަލާއެކު އެ ކުންފުނީގެ އެމަޖެންސީ ހޮޓްލައިންގެ ގޮތުގައި 105 ވަނީ ހާއްސަ ކޮށްފަ އެވެ.
އެހެންކަމުން މިއަދުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީގެ ހިދުމަތްތަކާއި ގުޅުންހުރި އެންމެހައި މައުލޫމާތާއި އެހީތެރިކަން ކަސްޓަމާ ކެއާ ނަންބަރު 1575 އިން ލިބެމުންދާނެކަމަށް ކުންފުނިން ބުންޏެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ 105 އެމަޖެންސީ ހޮޓްލައިންގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެ އެވެ. އަދި 1575 ހޮޓްލައިންގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެ އެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ، އެ ކުންފުނިން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތް ފުޅާކޯށް، ކަސްޓަމަރުންނަށް ވީހާވެސް ގާތުން ލުއިފަސޭހަ ކަމާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއްއަމާޒު ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;