ads
މުހައްމަދު ސައީދު
މިހާތަނަށް 200 އަށްވުރެ ގިނަ ފިހާރައިން "އަގުމަގު" އެޕްގައި ރަޖިސްޓްރީވެއްޖެ
އިކޮނޮމިކް މިނިސްޓްރީން ތައާރަފްކުރި "އަގުމަގު" ޕޯޓަލް އަދި އެޕްލިކޭޝަންގައި މިހާތަނަށް 224 ފިހާރައަކުން ރަޖިސްޓްރީވެފައިވާކަމަށް އެ ވުޒާރާއިން ހާމަކުރައްވައިފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެޕް މިހާތަނަށް 3,300 އަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާއިރު، ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 2,700 އަށްވުރެ ގިނަ މީހުން މި އެޕް ބޭނުންކުރެ އެވެ.

28 ފެބުރުވަރީ 2025 ގައި ލޯންޗުކުރި މި ޕޯޓަލްގެ ބޭނުމަކީ އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ބަލައި، އެންމެ ހެޔޮ އަގުގައި ތަކެތި ލިބެންހުރި ތަންތަން ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހެދުމެވެ. ކުރިން ހަމައެކަނި މާލޭގެ ފިހާރަތަކަށް ހާއްސަކުރެވުނު ނަމަވެސް، މިހާރު އަގުމަގު އެޕް މެދުވެރިކޮށް އަތޮޅުތަކުގެ ރަށްރަށުގެ ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައްވެސް ބަލާލެވޭނެ އެވެ.

އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގުގެ އިތުރުން ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައިސްފައިވާ ބަދަލުތައްވެސް މި އެޕް މެދުވެރިކޮށް ބަލައި އަޅާކިޔާލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;