ads
އެސްޓީއޯ މަކިޓާ ފިހާރަ - އެސްޓީއޯ
އެސްޓީއޯއިން މަކިޓާއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މަކީޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ސަޅިއޭ މަކީޓާ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ގުރުއަތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ބައިލައްކަ ރުފިޔާ ލިބިގެންދާނެއެވެ. ޕްރޮމޯޝަންގައި 1000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބެ އެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު އެންމެ ގިނައިން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ލިބިގެންދާނެ އެވެ. އަދި މީގެ އިތުރުން ހޮވާލެވިފައިވާ ބައެއް ޕްރޮޑަކްޓްތަކުން ޑިސްކައުންޓްވެސް ލިބިގެންދާނެ އެވެ. ޑިސްކައުންޓް ލިބިގެންދާނީ 8 ޕަރސަންޓް އިން ފެށިގެން 50 ޕަރަސަންޓްއާއި ދޭތެރޭގަ އެވެ. މި ޕޮރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ ޕްރޮމޯޝަން ނިމޭތާ ހަފްތާއެއްގެ ތެރޭގަ އެވެ. 

މި ޕްރޮމޯޝަން ކުރިއަށްދާނީ މަކީޓާ ޝޯރޫމް މާލެ އަދި ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން ރީޖަނަލް ފިހާރަތަކުގަ އެވެ.

މިއީ ކޮންމެ އަހަރަކުވެސް އެސްޓީއޯ ކޮންސްޓަރަކްޝަން ސޮލިޔުޝަންގެ ފަރާތުން ކަސްޓަމަރުންނަށް މަކީޓަގެ އުފެއްދުންތައް އަގުހެޔެކޮށް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބާއްވަމުންއަންނަ ޕްރޮމޯޝަނެކެވެ.

އެސްޓީއޯއިން މަކީޓާގެ އުފެއްދުންތައް ބާޒާރަށް ނެރޭތާ މިހާރުމިވަނީ 28 އަހަރުވެފަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;