"މިސް ލަންޑަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ އަންހެނުންގެ އަސްލު ރީތިކަން ދައްކާލުމަށް ބޭއްވި ތާރީހީ މުބާރާތެކެވެ. މިއީ އެއްވެސް ވަރަކަށް މޭކަޕުގެ ބާވަތްތައް ބޭނުން ނުކޮށް، ގުދުރަތީ ރީތިކަން ކުރިއެރުވުމަށް ބޭއްވި ފުރަތަމަ މުބާރާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިސް ލަންޑަންގެ ބައިވެރިން
މި ތާރީހީ މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ އުމުރުން 26 އަހަރުގެ ނަތާޝާ ބެރެސްފޯޑް އެވެ. އޭނާ އަކީ ދަތުގެ ފަރުވާދޭ ކްލިނިކެއްގައި މަސައްކަތްކުރާ ނަރުހެކެވެ. މި މުބާރާތުގައި ބައިވެރިވި ހުރިހާ އަންހެނުން ވެސް ސްޓޭޖުމައްޗަށް އަރާފައި ވަނީ އެއްވެސް ވަރަކަށް މޭކަޕް ނުކޮށެވެ. މީގެ ކުރިން މިފަދަ މުބާރާތްތަކުގައި ބައިވެރިންގެ މޭކަޕަށް ވަރަށް ބޮޑު ސަމާލުކަމެއް ދެ އެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އަންހެނުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކުރުމާއި، މުޖުތަމައުގައި ގަބޫލުކުރާ ހިޔާލީ ރީތިކަމުގެ މިންގަނޑުތައް ބަދަލުކުރުން ކަމަށް އިންތިޒާމުކުރި ފަރާތްތަކުން ބުންޏެވެ. މީގެ ސަބަބުން އަންހެނުންނަށް އެ މީހުންގެ އަސްލު ސިފައާ މެދު ފަހުރުވެރިވުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރި އެވެ. މިއީ މުޅި ދުނިޔޭގެ ރީތީގެ މުބާރާތްތަކަށް ވެސް ގެނެވުނު އާ ބަދަލެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;