ads
ގޯއްޗާއި ފްލެޓަށް އެދި ހުށައަޅަން ޖެހެނީ ޕޯޓަލް މެދުވެރިކޮށް
ޑިސެމްބަރުގައި ފްލެޓް ލިސްޓް ނެރެނީ، އަންގާނީ ޕޯޓަލުން
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓައި ގޯތި ލިބޭ މީހުންގެ ލިސްޓް އަންނަ ޑިސެމްބަރު މަހު ނެރޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

މި ސަރުކާރުން ދޭން ނިންމާފައިވާ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ދޭއް ޖެހިއިރުއެވެ. ވަގުތު ހަމަވިއިރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބުނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ކުރަމުންދާ ކަމަށެ ވެ. 

މިގޮތުން، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި، މި މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމުލީ ފަރާތްކަށް އަންގަމުން ގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އަދި ސައްހަ ނޫން މައުލޫމާތު ރަނގަޅުކުރަން 7 ދުވަހުގެ މުއްދަތެއް ދޭނެކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް ރޭ ވިދާޅުވީ ޑިސެމްބަރު މަހުގައި ފްލެޓު ލިސްޓު އާންމުކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ފޯމު ލީ ދުވަސްވަރު އެންމެ ފަހު ވަގުތާ ހަމައަށް މަޑުކުރި ކަމަށާއި އެހެންނަމަވެސް މިހާރު އިސްލާހުކުރަން ދީފައިވާ ކަނަކަން ވީހާވެސް އަވަހަކަށް އިސްލާހުކޮށް ހުށައެޅުމަށް ނާޒިމް އެދިވަޑައިގަތެވެ. 

މިހާރު ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރަމުން އަންނައިރު އެކަމާއި ގުޅޭ ހުރިހާ ކަމެއްވެސް އަންގަމުން އަންނަނީ ޕޯޓަލް މެދުވެރިކޮށްކަމުން އެކަމަށް ސަމާލުވެ ޕޯޓަލް ބެލުމަށް ނާޒިމް ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

" ކޮމިއުނިކޭޓް ކުރާނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް. އެހެންވީމަ ހުރިހާ ބޭފުޅުން ވެސް ބޯހިޔާވަހިކަން ޕޯޓަލް އިން ބައްލަވައި ޗެކްކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް. އެ ޕޯޓަލް މެދުވެރިކޮށް ޖަވާބު ވެސް ހުށަހަޅުއްވަން ޖެހޭނީ،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;