ads
ރައީސް މުއިއްޒު އަދި އާޒިމާ ޝަކޫރް
އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަގާމަށް އައްޔަނުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލު އާޒިމާ ޝަކޫރް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަގާމަށް އައްޔަނުކޮށްފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި އާޒިމާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު އެވެ. 

އާޒިމާ ވަނީ މި ސަރުކާރުގައި ޕީއެންސީގެ ޓިކެޓް މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާފަ އެވެ. އެހެންނަމަވެސް އެ އިންތިހާބުގައި އާޒިމާގެ މައްޗަށް ކާމިޔާބު ހޯއްދެވީ މިހާރު މޭޔަރު އާދަމް އާޒިމް އެވެ. 

 އާޒިމާ ޝަކޫރް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލުގެ ގޮތުގައިވެސް މެ އެވެ. އެގޮތުން ދާދި ފަހުން އެކި ފަރާތްތަކާއި ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ދައުވާތަކުގައިވެސް ވަކީލެއްގެ ގޮތުގައި ހުންނެވީ އާޒިމާ ޝަކޫރް އެވެ. 

ސިޔާސީ މަގާމަކަށް އާޒިމާ އައްޔަންކޮސްފައި މިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތަކަށް ދެން މީހުން ނުނަގާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ހަރަދުތައް ކުޑަކުރަން ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންވެސް ދާ ދުވަސްކޮޅެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;