ކަރިޝްމާގެ މި ޗޮކްލެޓް ފްރޮސްޓް ކަޕްކޭކަކީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކުރެވިދާނެ އެއްޗެކެވެ.
ކަޕްކޭކް ހެދުމަށް ބޭނުންވާ ސާމާނު:
ފުރަތަމަ ޑާކް ޗޮކްލެޓް 20 މިނެޓު ވަންދެން މައިކްރޮވޭވްއަށް ލައި ދިޔާކޮށްލާށެވެ. ދެން ފަސް ސައި ސަމްސާގެ ފެން ހޫނު ކުރުމަށް ފަހު، ޑާކް ޗޮކްލެޓްގެ ތެރެއަށް އަޅާ ރަނގަޅަށް ގިރާލާށެވެ.
ދެން ބޯތަށްޓަކަށް ސޯލްޓެޑް ބަޓާ އަދި ހަކުރު އެޅުމަށް ފަހު އެއްކޮށްލާށެވެ. ދެން ބޯ ތަށްޓައް ބިސް އެޅުމަށް ފަހު އެއްކޮށްލާށެވެ. ރަނގަޅައް އެއްކޮށްލަން ބޭނުންވާނަމަ ހޭންޑް މިކްސްޗަރެއް ބޭނުން ކުރާށެވެ.
ދެން ބޯ ތަށްޓައް ފުއް، ބޭކިން ޕައުޑާ، ވެނީލާ އެސެންސް އެޅުމަށް ފަހު ހޭންޑް މިކްސްޗަރު ބޭނުން ކޮށްގެން އެއް ކޮށްލާ ށެވެ. ދެން، ކިރު، އަދި ކޯކޯ ޕައުޑާ އެޅުމަށް ފަހު އަނެއްކާ އެއްކޮށްލާށެވެ.
ކަޕްކޭކް ޓްރޭއަށް ކޭކް މިކްސް އެޅުމަށް ފަހު ވައިޓް ޗޮކޮލެޓް މަތީގައި ހޭކުމަށް ފަހު އަވަނަށްލާ 180 ޑިގްރީއަށް 40 މިނެޓު ވަންދެން ފިހެލާށެވެ.