މުނދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި 5 ރައީސުން ރައީސް އޮފީހުގައި ބޭންކުރެއްވި މޭޒުކޮޅު ނީލަމުގައި 12500 ވިއްކާލިކަމަށް ބުނެ އެކަމާ ގުޅިގެން ރައީސް އޮފީހަށް ފާޑުކިޔުންތައް އަމާޒުވުމުން ނެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ބެރުއްވި ބަޔާނެއްގައި ބުނީ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު ނީލަމަށްލާފައިވަނީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބަލަހައްޓަން ދަތިވުމުގެ ސަބަބުން ދައުލަތުގެ މުދާ ނީލަމަށް ލުމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް ރައީސް އޮފީހުން ނީލަމަށް ލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ ނިޝާން ނައްޓާލުމަށް ފަހުގައި ކަމަށެވެ.
"ނަމަވެސް ހަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެވަނީ ބަދަލުތަކެއް ގެނެސް ، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައެވެ." ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;