ads
މުހައްމަދު އަރީޝް
އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަމަށް
މާލެ ސިޓީ ކައުންސިލަށް ދެވަނަ ދައުރަކަށް ވާދަކޮށް އިންތިހާބުން ބަލިވި ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ހަމަޖައްސައިފި އެވެ.
Advertisement

މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުކަމަށް 2021 ވަނަ އަހަރު އަރީޝް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓް ގައެވެ. އެހެންނަމަވެސް މަގާމުގެ ހުވާކުރުމުގެ ކުރިން އޭނާ ވަނީ 25 ޖެނުއަރީ 2024، ގައި އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އޭގެ ފަހުން 16 މާޗު 2025، ގައި އޭނާ ވަނީ މާލޭ ޑެޕިއުޓީ މޭޔަރުކަމަށް އައްޔަން ކޮށްފަ އެވެ. 

މިދިޔަ ކައުންސިލްގެ އިންތިހާބުގައި އަރީސް ވަނީ ޕީއެންސީ ޓިކެޓްގައި ކައުންސިލްގެ ދެވަނަ ދައުރަށް ވާދަކޮށްފަ އެވެ. އެހެންމަވެސް ބޮޑު ތަފާތަކުން އޭނާ ވަނީ އިންތިހާބުގައި ބަލިވެފަ އެވެ. 

ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރިލްވާން އަލީ އަށް 1040 ވޯޓް ލިބުނު އިރު އޭނާއާ ވާދަކޮށް އަރީޝް އަށް ލިބުނީ 675 ވޯޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;