ads
ހުސެއިން ފަހުމީ
އެމްޑަބްލިއުއެސްސީ އާއި ގުޅުވައިގެން ދައްކަމުން ދަނީ ދޮގު ވާހަކައެއް: ފަހުމީ
އެމްޑަބްލިއުއެސްސީ އިން ހަލާކުވެފައިވާ ބާ އުޅަނދުތަކެއް ގަނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައްކަމުން ދަނީ ދޮގު ވާހަކައެއް ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

ފަހުމީ "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން މި ވީހާ ތަނަށް އެ ފަދަ އުޅަނދެއް ގަނެފައި ނުވާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމުގައި އެވެ. 

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެއީ އެއްވެސް ވަރަކަށް ހަގީގަތެއް ވާހަކަތަކެއް ކަމަށާއި އެ ފަދަ ކޭސްއެއް ބޯޑަށް ވެސް ހުށަހެޅިފައި އެއް ވެސް ނުވާކަމުގައި އެވެ.

"އެ ފަދަ ކޭސް އަކާއި ގުޅޭ އެއްވެސް ޑޮކިއުމެންޓެއް އޮތް ނަމަ އަޅުގަނޑާއި ހަމަ އަށް އެ ހިފައިގެން އައުމުން އަޅުގަނޑު އެޔަށް ޖަވާބުދާރީ ވާނެ ކަމުގެ ޔަގީންކަނަ އަޅުގަނޑު ދެން" ފަހުމީ ވިދާޅުވި އެވެ.

އެ ކުންފުނީގެ ބޯޑް މެމްބަރު ބޯޑުން ވަކިވީ އެ ފަދަ މައްސަލަ އަކާއި ގުޅިގެން ނޫން ކަމަށާއި އެ މެމްބަރު ބޯޑް ވަކިވީ އަމިއްލަ ސަބަބުތަކަކާއި ގުޅިގެން ކަމަށް ފަހުމީ އިތުރަށް ވިދާޅުވި އެވެ.

ފަހުމީ މިކަމާއި ގުޅިގެން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުން ފެށިގެން މި ހިސާބަށް އެ ފަދަ އެއްވެސް ކަހަލަ އުޅަނދެއް އެމްޑަބްލިއުއެސްސީން ގަންނަން ބޯޑަށް ހުށަހަޅާފައިވާ ކަން އޭނައަށް އެނގިފައި ނުވާ ކަމަށާއި އެ ފަދަ އުޅަނދެއް ގަތުމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކާއި މަޝްވަރާވެސް ކުރެވިފައިވާ ކަން އެނގިފައި ނުވާ ކަމުގައި އެވެ.

އޭނާގެ އެ ޕޯސްޓުގައި އިތުރަށް ވާ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް އާންމުންގެ ތެރެއަށް ނެރޭ އިރު ކޮންމެވެސް ވަރަކަށް އެކަމަށް ބާރުދޭ ލިއެކިއުމެއް ވެސް އާންމުންނައް ދައްކަން ޖެހޭނެ ކަމުގައި އެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓުގައި ވާގޮތުން އެމްޑަބްލިއުއެސްސީން ވަނީ އިނގުރައިދޫ ދާއިރާގެ މަޖިލީސް މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ލީޑަރު އިބްރާހިމް ފަލާހްގެ އަތުން 17 މިލިއަންއަށް ބާ އުޅަންދެއް ގަންނަން ނިންމާފައި ކަމަށާއި އެ ކަން ބޯޑަށް ހުށަހެޅުމުން އެކަމާއި ނުރުހުން ފާޅު ކޮށް ބޯޑު މެމްބަރަކުވެސް އިސްތިއުފާ ދީފައި ވާ ކަމުގައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;