ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު ޔަޒްމީދް ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރުމާ އެކު ޔަޒްމީދު މަގާމުގެ ޒިންމާތަކާ މިއަދު ވަނީ ހަވާލުވެވަޑައިގެންފަ އެވެ.
ޔަޒްމީދަށް މަރުހަބާ ދަންނަވަން އިއްޔެ ޕެންޝަން އޮފީހުގައި އޮތް ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހައްދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ޕެންޝަން އޮފީހުގެ އެންމެހައި ކަންކަން އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ޔަޒްމީދު ވަނީ އެންމެން ގުޅިގެން ނަތީޖާ ނެރެދިނުމަށް މަސައްކަތް ކޮށްދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔާމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާ ގުޅޭ ގަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔާމަންޓެއް ކަށަވަރުކޮށްދިނުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;