ads
ކައިވެނިކުރި މީހުން
އެއްމާބަނޑު ދެބެއިން އެއްމާބަނޑު ދެބެއިންނާ ކައިވެނިކޮށްފި
އިންޑިއާގައި ބޭއްވި ކައިވެންޏެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެ އެވެ. މި ކައިވެނި ހާއްސަވާ ސަބަބަކީ، ކައިވެނިކުރި ދެބެއިންނާއި، ކައިވެނިކޮށްދިން ފާދިރީންނާއި އަދި އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވި ކުދިންނަކީ ވެސް އެއްމާބަނޑު މީހުންނަށް ވުމެވެ. އެއްމާބަނޑު ޖުމްލަ ދެ ޖޯޑެއް މި ކައިވެނީގެ ރަސްމިއްޔާތުން ފެނިގެންދިޔަ އިރު، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިފަ އެވެ.
Advertisement

މި ކައިވެނިކުރި ފިރިހެން ދެބެއިން ކަމަށްވާ ނިކިލް އަދި އަކިލް ބުނި ގޮތުގައި، އެ މީހުން ބޭނުންވީ ވެސް އެއްމާބަނޑު ދެބެއިންނާ ކައިވެނި ކުރާށެވެ. އެގޮތުން އެ މީހުންނާ ގުޅޭނެ އެއްމާބަނޑު ދެބެއިން ހޯދުމަށް އާއިލާއިން ގާތްގަނޑަކަށް ތިން އަހަރު ދުވަހު މަސައްކަތްކުރި ކަމަށާއި، މިހާރު ކައިވެނިކޮށްގެން އުޅޭ މާޖީ އަދި މާރިއާއާ ބައްދަލުވުމުގެ ކުރިން ސާޅީހަކަށް އެއްމާބަނޑު ދެބެއިންނާ ބައްދަލުކުރި ކަމަށް އަކިލް ބުންޏެވެ. މި ކައިވެންޏަށް އެއްމާބަނޑު މީހުންނަށް ހާއްސަ މެޓްރިމޯނިއަލް ހިދުމަތެއްގެ އެހީތެރިކަން ވެސް އެ އާއިލާއިން ހޯދި އެވެ.

ފިރިހެން ދެބެއިން ފަދައިން، އުމުރުން ތިރީސް އެއް އަހަރުގެ އަންހެން ދެބެއިންނަކީ ވެސް ކުޑައިރުއްސުރެ އެއްމާބަނޑު ދެބެއިންނާ ކައިވެނިކުރުމުގެ ހުވަފެން ދެކެމުން އައި ދެބެއިންނެވެ. މާޖީ ބުނީ ކައިވެންޏެއް ކުރާ ނަމަ ކުރާނީ އެއްމާބަނޑު ދެބެއިންނާ ކަމަށް ކުޑައިރު ވެސް ނިންމާފައިވާނެ ކަމަށެވެ. މީގެ އިތުރުން މާރިއާ ބުނީ މިއީ މަޝްހޫރުވާން ނުވަތަ ލައިކްސް ހޯދަން ކުރި ކަމެއް ނޫން ކަމަށާއި، މިއީ އެ މީހުން ދުށް ހުވަފެނެއް ކަމަށެވެ. އަދި ކައިވެނީގެ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ލިބުނު ބޮޑު ތަރުހީބާ މެދު ހައިރާންވި ކަމަށް ވެސް އެ ދެ ޖޯޑުން ބުންޏެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;