ads
މިނިސްޓަރު އަލީ އިހްސާން
ކަޅުބާޒާރުގައި 9 މަހުން 77 މިލިއަން ޑޮލަރު ހަތް ތަނަކުން މާރުކުރި: އިހުސާން
ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތް ބައެއް ތަންތަނުން ކަޅުބާޒާރުގައި މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 77 މިލިއަން ޑޮލަރު މާރުކޮށްފައިވާކަން މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

ޑޮލަރުގެ އަގު ބޮޑުވުމާއި ގުޅިގެން ގަވަރުނަރާއި ތިން ވަޒީރުން ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ އެމްއެމްއޭ ގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ހިންގަނީ 63 މަނީ އެކްސްޗޭންޖަރެއް ކަމަށެވެ. އެހެންނަމަވެސް ހުއްދަނެތް ބައއް ފަރާތްތަކުން ޑޮލަރު މާރުކުރަމުން އަންނަކަމަށާއި އޭގެތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ވަކިވަކި ފަރުދުން ހިމެނޭކަމަށް އިހްސާން ވިދާޅުވި އެވެ. 

އެގޮތުން މިހާތަނަށް ބެލި ބެލުމުން ހުއްދަ ނެތް ހަތް ފަރާތަކުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާފައިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. އެގޮތުން އެ ހަތް ފަރާތުންވެސް މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް އިހްސާން ވިދާޅުވި އެވެ.

މިގޮތުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ފަދަ ޓޫރިޒަމް ދާއިރާއަށް ހިދުމަތްދީގެން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ހިމެނޭ ކަމަށް އިހްސާން ވިދާޅުވި އެވެ. 

" އޭގެ ތެރެއިން އެއް ރިސޯޓު ޗޭނަކުން މިދިޔަ ނުވަމަސް ދުވަސް ތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވޭ. އެމްއެމްއޭގެ އުސޫލުން މާރުކުރަން ޖެހޭ މިންވަރު މިއަށްވުރެ ކުޑަ. އެކަމަކު އެމްއެމްއޭއަށް މާރުކުރަން ޖެހޭއިރު ޑޮލަރު ނުހުރޭ، ކަޅުބާޒާރަށް ނެރެން ޑޮލަރު އެބަހުރޭ،" އިހްސާން ވިދާޅުވި އެވެ.

އެހެންނަމަވެސް އެއީ ކޮން ބައެއް ކަން އިހްސާން ހާމަކޮށްފައެއް ނުވެ އެވެ. މިނިސްޓާރު އިހްސާން ވިދާޅުވީ ހާމަކުރަން ޖެހުމުން އެ ފަރާތްތަކުގައި ނަން ހާމަކުރަން މި ސަރުކާރުން ފަސް ނުޖެހޭނެކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. 

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފަ އެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;