ކުރިން އެމްއެމްޕީއޢަރުސީގެ ނަން ރީ ބްރޭންޑްކޮށް އެ ކުންފުންޏަށްް މިހާރު ކިޔަނީ ވިޒިޓް މޯލްޑިވްސް އެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ޝިއުރީ އައްޔަން ކުރެއްވީ ޖޫން 13، 2024 ގަ އެވެ.
ކުންފުނީގެ އެމްޑީކަމުން ޝިއުރީ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ޝިއުރީއަކީ މި ސަރުކާރުން އެކުންފުނީގެ އެމްޑީކަމަށް އައްޔަންކުރި ދެވަނަ އެމްޑީ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ އެމްއެމްޕީއާރުސީގެ އެމްޑީކަމަށް އައްޔަންކުރީ ފާތިމަތު ތައުފީގު (ކުޑީ) އެވެ. އެހެންނަމަވެސް ކުއްލިގޮތަކަށް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެމްއެމްޕީއާރުސީއަށް އައްޔަންކުރުމުގެ ކުރިން ޝިއުރީ އަކީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އެވެ.
ރާއްޖޭގެ ޓީޓީގައި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވުނު ޝިއުރީ ވަނީ ޓީޓީ ގައުމީ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފަ އެވެ. އަދި ބައިނަލްއަގުވާމީ ގިނަ ކުޅިވަރު މުބާރާތްތަކުގައިވެސް އޭނާ ވަނީ ރާއްޖެ ތަމްސީލުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;