މިދިޔަ މޭ މަހު ހޫދުގެ ފަރާތުން ހުށަހެޅި މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް އަޑުއެހުންތައް ފަށާނެ ތާރީޚެއް އަދި ތާވަލެއް ނުކުރެއެވެ.
ހޫދު ހައްޔަރުކުރީ ސޯޝަލް މީޑިއާގައި އައިއެސްއަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިޔުންތަކާއި ވީޑިއޯ ފެތުރި މައްސަލައިގައި، 2022 ވަނަ އަހަރު އެމެރިކާގެ އެފްބީއައި އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ދައުވާއަށް 15 އަހަރު، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމާއި ތާއީދުކުރާކަން ދޭހަވާ ތަކެތި ގެންގުޅުމުގެ ދައުވާއަށް 7 އަހަރުގެ ޖަލު ހުކުމާއެކު، އޭނާގެ މައްޗަށް ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
2010 ވަނަ އަހަރު 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައިވެސް ދައުލަތުން ހޫދުގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް 2013 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ކުށް ސާބިތުނުވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;