ads
‏ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ޝަފީގް
ކުރީގެ މެޖިސްޓްރޭޓް އަލީ ޝަފީގް އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ
‏ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވައިފައިވާ، މެޖިސްޓްރޭޓް ރިޓަޔަޑް އަލީ ޝަފީގް އަވަހާރަވެއްޖެ އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވައިފައިވާ، މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޒް އަލީ ޝަފީގު އަވަހާރަވުމުގެ ހިތާމައިގައި، އެ އާއިލާއަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ޝަރުއި ދާއިރާގައި ހިދުމަތްކުރެއްވުމުގެ އިތުރުން އަލީ ޝަފީގަކީ، ދ. މީދޫގައި އަދި ހުޅުމާލޭގައި ކީރިތި ގުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތް، ދިގު މުއްދަތެއްގައި ކުރެއްވި، ދީނަށް ލޯބިކުރައްވާ، ހުލްގް ހެޔޮ، މުޖްތަމައުގެ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ގާރީއެއް އަދި އެދުރެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ މެސެޖުގައި މާތްﷲގެ ތަނަވަސް ރަހުމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަލީ ޝަފީގު ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.

މަހުރޫމް އަލީ ޝަފީގުގެ ބޭފުޅުންގެ ތެރޭގައި ބްެރޮޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ޞަފާ ޝަފީގު ހިމެނިވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;