ads
އެއާޕޯޓްގެ ސްކޭން ކައުންޓަރެއް ހުންނަ ސަރަހައްދެއް - ފައިލް ފޮޓޯ
ރާއްޖެ އައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިއްޖެ
ރާއްޖެ އައި އެމެރިކާ ރައްުޔިތެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިގެން، އޭނާ ހައްުުޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
Advertisement

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިގެ މަގުން އިއްޔެ ރާއްޖެއަށް އެތެރެވޮ އެމެރިކާ ރައްޔިތެއް ކަަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލަރ 36އ. ގެ ލަގެޖު ބަލައި ފާސް ކުރިއިރު، ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މިއަދު އޭނާގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އިދާރާއިން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;