ads
ސީރިޔާގައި ހުރި ކޭމްޕެއްގައި އަންހެނަކު ކުޑަކުއްޖަކު އުރާލައިގެން
ޓެރަރިޒަމް ލިސްޓުން ސީރިއާގެ ނަން އުނިކޮށްފި
އެމެރިކާ އިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ ރަސްމީކޮށް އުނިކުރުން ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.
Advertisement

އެމެރިކާގެ މި ނިންމުމާއެކު ދިވެހި ސަރުކާރުން ވަނީ އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް މަރުހަބާ ކިޔައިފަ އެވެ. އަދި އެގައުމުގައި ސުލްހަ އާއި ހަމަޖެހުމާއި ތަނަވަސްކަން ދެމިއޮތުމަށް ވަނީ އެދިފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ މި ނިންމުމާއެކު ސީރިއާ އަލުން އާރާސްތުކުރުމަށް އިތުރު ބާރެއް ލިބި، އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެމެރިކާއިން އެކުލަވައިލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުގައި ސީރިއާ ހިމެނީ 1979 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

"މިއަދުގެ ނިންމުމުގެ ސަބަބުން ސީރިޔާއަށް އިތުރު އިންވެސްޓްމަންޓްތައް ވަދެ، ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގާއިމުވުމަށް މަގުފަހިވެގެންދާނެ،" އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

މި ލިސްޓުން ސީރިއާ އުނިކުރުމާއެކު، ސީރިއާއަށް ބޭރުގެ އެހީ ދިނުމާއި، ދިފާއީ ސާމާނު ވިއްކުމާއި، މާލީ މުއާމަލާތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި ބޭންކުތަކުން ސީރިއާއާއެކު މުއާމަލާތްކުރުމަށް އޮތް ހުރަސް ނެތިގެންދިޔައީ އެވެ. 

މީގެ އިތުރުން، ކުރިން އަލް-ގައިދާއާ ގުޅުން އޮތް އަދި އަލް-ޝަރާއު އިސްކޮށް ހުންނެވި "ހަޔާތު ތަހުރީރުއްޝާމް" ނުވަތަ އަލް-ނުސްރާ ފްރަންޓް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުންވެސް ވަނީ އުނިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;