ads
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 ކުއްޖަކު މަރުވެއްޖެ
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ހަސްފަތާލުގެ ކުޑަކުދިންގެ ވޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
Advertisement

ޑިސްޓްރިކްޓް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (ޕީއައިއެމްއެސް) ގެ މައިންނާއި ކުޑަކުދިންގެ ސިއްހީ ފަރުވާއަށް ހާއްސަ ވޯޑުގެ ތިންވަނަ ފްލޯގައި ކަމަށެވެ.

"މި ހާދިސާގައި ޖުމްލަ 15 ކުޑަކުދިން ވަނީ މަރުވެފައި،" އެ ކުދިންގެ އުމުރު ހާމަނުކޮށް ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާ އެވެ. ޕާކިސްތާނުގެ ސަރުކާރު ހޮސްޕިޓަލްތަކަކީ ސަބްސިޑީ ދީގެން ހިންގާ ތަންތަން ކަމަށް ވިޔަސް، އެ ތަންތަނަކީ ވަސީލަތްތައް މަދު އަދި ބާރުބޮޑު ތަންތަނެވެ. އަދި ސަރުކާރުގެ މިފަދަ މަރުކަޒުތައް ހިންގުމުގައި އިހުމާލުވާ ކަމަށް ބުނެ މޮނިޓަރިން އިދާރާތަކުން އަބަދުވެސް ފާޑުކިޔަ އެވެ.

އިސްލާމްއާބާދުގެ މެދުތެރޭގައި ހުންނަ ޕިމްސް ހޮސްޕިޓަލަކީ ގާތްގަނޑަކަށް 1.1 މިލިއަން މީހުންގެ އާބާދީއަކަށް ހިދުމަތްދޭ އެ ސިޓީގެ މައި ސަރުކާރު ހޮސްޕިޓަލެވެ. މިއީ މިދިޔަ ހަފުތާގައި ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ވެސް ކުޑަދުވަސްކޮޅަކަށް ފަރުވާ ދިން ހޮސްޕިޓަލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;