ads
ގުޅީފަޅުން ގޯތި ދޫކުރަނީ - ފައިލް ފޮޓޯ: އަވަސް
ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ފަށައިފި
މި ސަރުކާރުން ހިންގާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު އެދުނު މީހުންގެ ތެރެއިން މައުލޫމާތު ފުށުއަރާ ކަމަށް ވެރިފިކޭޝަނުން މިހާތަނަށް ފާހަގަވި އެޕްލިކޭޝަންތައް ރަނގަޅު ކުރަން އަންގަން ފަށައިފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް އަންގާ މީހުންނަށް، މައުލޫމާތު ރަނގަޅުކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ސަރުކާރުން ހުޅުވާލި މި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ 22،575 ފޯމެވެ.

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހުރިހާ ރައްޔިތުންނަށް މި ދައުރުގެ ތެރޭގައި ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. އަދި މި މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިހްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން ކަމެވެ. ރައީސް މުއިއްޒު ސަރުކާރުން ފެށި "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން ރަސްމާލޭން 15،000 ގޯއްޗާއި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;