ވެރިކަން ކުރާ ޕާޓީ ޕީއެންސީ މެމްބަރުންގެ އަދަދު 70،000 އަށް އަރައިފި ކަމަށް އެޕާޓިގެ ތަރުޖަމާނު ބުނެފި އެވެ.

Advertisement
ޕީއެންސީގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އަންނަ މހު ބާއްވަން ތައްޔާރުވަމުން އަންނަ ކޮންގްރެސްގެ ކުރިން މެމްބަރުންގެ އަދަދު އިތުރުކުރަން ކުރަން ފެށި މަސަތްތަކުން މިހާރު މެމްބަރުންގެ އަދަދު 70،000 އަށް މައްޗަށް އަރާފައިވާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު އެންމެ މެމްބަރުން ގިނަ ޕީއެންސީން ބުނީ އެ ޕާޓީގެ މަތީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހު އޮންނަ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިދިޔަ ޖޫންމަގު އާއްމުކުރި ހިސާބުތައް ދައްކާގޮތުން ޕީއެންސީގައި ތިބި މެމްބަރުންގެ އަދަދަކީ 67،579 އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 55399 އެވެ. ރައީސް ޔާމީންގެ ޕީއެންއެފްގައި ތިބީ 3137 މެމްބަރުން ނެވެ.